ވިޔަފާރި

އެލައިޑުގެ އެހީ މިފަހަރު ޕްރީ ސްކޫލްތަކަށް


ދިރާސީ އައު އަހަރަށް ޚާއްސަކޮށް ޕްރީސޫކޫލް ދަރިވަރުންނަށް ސްޓޭޝަނަރީސް ހަދިޔާކުރުމުގެ ޕްރޮގްރާމެއް އެލައިޑް އިންޝުއަރެންސް ކުންފުނިން ފަށައިފިއެވެ.

އެލައިޑުން ސްޓޭޝަނަރީ ހަދިޔާކުރި ޕްރީ ސްކޫލްތަކަކީ، ގަލޮޅު މަދަރުސާ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ"ގެ ޕްރީ ސްކޫލެވެ. އެލައިޑް އިންޝުއަރަންސްގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވާފައި ވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އަދި އަންޑަރ ރައިޓިންގ މެނޭޖަރ އަހުމަދު ޝާބިގުއެވެ.

އެލައިޑްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް އެހީތެރިވުމަކީ އަބަދުވެސް އެކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. މި މަސައްކަތުގެ ދަށުން މިއަހަރު ތިން ސުކޫލަށް އެހީ ފޯރުކޮށްދިން ނަމަވެސް އަންނަ އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކުރާނޭކަމަށް ފިރުޝާން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެލައިޑުން ވަނީ އިޖުތިމާޢީގޮތުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އާއި ގުޅިގެން އަތޮޅު ފެންވަރުގައި ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ހަބް ސެންޓަރެއް ޤާއިމްކުރުން ފާހަގަކޮށްލެވެއެވެ.