ޚަބަރު

ޖޭޕީއާއިއެކު މަސައްކުރަން އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެ


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނުދިނުމަށްޓަކައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތްކުރަން ތައްޔާރަށް ތިބިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަށްޑިހަ ހަތް ދާއިރާއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާގޮތަށް މެންބަރުން ނެރުމާމެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. އަދި ކޯލިޝަންގައި ހިމެނޭ އެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ޤާސިމްގެ މިވާހަކަތަކަށް އިދިކޮޅު ފަރާތްތަކުންވަނީ މަރުޙަބާކިޔައި އެކުގައި މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުވަނީ، ޤާސިމް އިބްރާހީމަށް ތަޢުރީފްކުރައްވާ އެކުގައި މަސައްކަތްކުރައްވަން ތައްޔާރުކަމަށް ވިދާޅުވެފައެވެ.

ކުރިން ޕީޕީއެމްގައި މަސައްކަތްކުރެއްވުމަށްފަހު، ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތްކުރައްވާ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެކުގައި މަސައްކަތްކޮށް ރައްޔިތުން އެދޭ މަޖިލީހެއް ރައްޔިތުން ހޮވާނެކަމަށާއި، ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ނުދޭނެކަމަށެވެ.