ކުޅިވަރު

އޭސީސީ ވެސްޓާރން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވުން


އޮމާނުގައި މިހާރު ކުރިޔަށްދާ ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ކުވެއިތާއި ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވީ އަށް ވިކެޓުންނެވެ.
މި މެޗުގައި ފުރަތަމަ ކުޅެން އެރި ރާއްޖޭގެ ޓީމަށް 18 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވިއިރު ދެވުނީ 102 ލަނޑުންނެވެ.
އެއަށްފަހު ކުވޭތު ޓީމުން މެޗު ކާމިޔާބުކުރީ ދެ ކުޅުންތެރިން ނުބައިވިއިރު 103 ލަނޑު ހަދައިގެންނެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ކްރިކެޓް ޓީމު މިދިޔަ މަހު ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި ގަތަރު ގައުމީ ޓީމާއި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ގަތަރަށް ކުރި ދަތުރުގައި ކްރިކެޓް ޓީމުގެ 14 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންވަނީ ބައިވެރިވެފައެވެ.