ޚަބަރު

މިއުޒިކީ ފަންނާނުންނަށް ޚާއްޞަ ފޯރަމެއް މިރޭ ބާއްވަނީ


ރާއްޖޭގައި މިއުޒިކު ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މިއުޒިކީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ޚާއްޞަ ފޯރަމެއް ބޭއްވުމައް ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެންސީއޭއިން ބުނީ މި ފޯރަމްގައި ވީހާވެސް ގިނަ މިއުޒިކީ ދާއިރާގެ ފަރާތްތަކުން ބައިވެރިވުމަކީ އެ ސެންޓަރގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެންސީއޭ އިން ބުނީ މިއުޒިކްގެ އިތުރުން އެހެން ފަންނުތަކުގެ މީހުންނަށްވެސް ޚާއްޞަކޮށްގެން ފޯރަމްތައް ބޭއްވުމަށް ރާވަމުންދާކަމަށެވެ. އެގޮތުން ފިލްމީ ދާއިރާއާއި، ކުރެހުމާއި ވިޝުއަލް އާރޓްސް ދާއިރާގެ ފަންނުވެރިންނަށް ޚާއްޞަ ފޯރަމްތައް ކައިރި މުސްތަޤްބަލެއްގައި ބާއްވާނެކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

މިއުޒިކީ ފަންނާނުންނަށް ޚާއްޞަކޮށްގެން ބާއްވާ ފޯރަމް އޮންނާނީ މިރޭ ޔޫތް ސެންޓަރުގެ ސެމިނަރ ރޫމުގައި ކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން މައުލޫމާތުދެއެވެ.