ޚަބަރު

5 ވަނަ ބުރިން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު


މާލޭ ގެއެއްގެ 5 ވަނަ ބުރިން އިއްޔެ ވެއްޓުނު އުމުރުން 14 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެއްޓުނު ކުއްޖާގެ ހާލު މިހާރު ސްޓޭއަބަލް ކަމަށެވެ. ނަމަވެސް އަދިވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ވެއްޓި ޖެހުނީ ޖެހިގެންހުރި ގޭގެ ފުރާޅުމާތީގައިކަމަށް ފުލުހުން ބުނެއެވެ.

މި ޙާދިސާގައި ވެއްޓުނު ކުސްޖާގެ ބޯ ފަޅައިގެން ދިޔަކަމަށާއި، މާބޮޑު އިތުރު އަނިޔާތަކެއް ވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކުއްޖާއަށް ވެފައިވާ އަނިޔާތަކާއި، ދެމުންދާ ފަރުވާގެ ތަފްސީލު ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ.