ޚަބަރު

އޮޑިޓް އޮފީސް އޮޑިޓްކުރަން ފުރުޞަތު ހުޅުވާލައިފި


އޮޑިޓަރ ޖެނަރަލްގެ އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިޢުލާން ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ، އޮޑިޓަރ ޖެނަރަލް އޮފީހުގެ ނިމިދިޔަ އަހަރުގެ އަހަރީ އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލާފައި ވަނީ އެކަށީގެންވާ ވަރަށްވުރެވެސް މަދު ފަރާތަކުން ކަމަށާ، އެހެންކަމުން އެފުރުޞަތު އަނެއްކާވެސް ހުޅުވާލާފައިވާކަމަށެވެ.

މަޖިލީހުން ވިދާޅުވީ އޮޑިޓް ކުރުމާއި އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް އޮޑިޓް އޮފީހުން ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓް ކޮށްދިނުމުގެ ޝައުގުވެރިކަންހުރި ހުރިހައި ފަރާތްތަކަށްވެސް އެކަމަށް ކުރިމަތިލެވޭނެ ކަމަށެވެ.