ޚަބަރު

ހައުސްކީޕާސްގެ އިޖުތިމާއީ ޒިންމާ، މިފަހަރު ކުޑަކުދިންގެ ހިޔާއަށް


އަމިއްލަ ޖަމިއްޔާއެއްކަމަށް މޯލްޑިވްސް ހައުސްކީޕާސް އެސޯސިއޭޝަނުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.
ހައުސް ކީޕާސް އެސޯސިއޭޝަނުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރާކާތަކީ އެ އެސޯސިއޭޝަންގެ އިޖްތިމާއީ ޒިންމާގެދަށުން ހިންގި ހަރަކާތެކެވެ.

މޯލްޑިވްސް ހައުސް ކީޕާސްގެ އަށްވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ މި ހަރަކާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ސޯސިއޭޝަންގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ، ކުޑަކުދިންހިޔާގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމުމުގެ މައިގަނޑު ސަބަބަކީ، އެކުދިންނަކީ މުޖުތަމަޢުގެ އަލާލުން ވަރަށް ބޮޑަށް ބޭނުންންވާ ކުދިންތަކަކަށް ވާތީކަމަށެވެ. މިގޮތުން އެފަދަ ކުދިން ދިރިއުޅޭ މާޙައުލަކީ ސާފު ރައްކާތެރި މާޙައުލަކަށް ހެދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ހައުސް ކީޕާސް އެސޯސިއޭޝަނުންގެ 24 މެންބަރުން ބައިވެރިވެފައިވާއިރު، ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ އިތުރުން ހިޔާގައި ދިރިއުޅޭ ކުދިންވެސްވަނީ ސާފުކުރުމުގައި ބައިވެރިވެފައެވެ.
އަނީސް ވިދާޅުވީ މި ހަރާކާތުގައި ކުޑަކުދިން ހިޔާގެ އިމާރާތާއި، ކޮޓަރިތައް ސާފުކުރުމާއި، ކޮޓަރިތަކުގައި ކުލަލުންފަދަ މަސައްކަތް ކޮށްފައިވާކަމަށެވެ.

"
ވިލިމާލޭ ކުޑަކުދިން ހިޔާގައި ހިންގި ހަރަކާތުގައި މުޅި އިމާރާތް ސާފުކުރުމާއި، އަށްރޫމްގައި ކުލަ ލުމުގެ އިތުރުން ހަލާކުވެފައިވާ ބައެއް ދޮރުތަކާއި ފާހާނާ ސަމާނު ވަނީ ބަދަލުކޮށްފަ
މޯލްޑިވްސް ހައުސް ކީޕާސްގެ ރައީސް އަޙްމަދު އަނީސް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި، ދައުލަތުގެ ބެލުމުގެދަށުން މިހާރުވެސް 43 ކުދިން ދަނީ ބަލަހައްޓަމުންނެވެ. މީގެތެރޭގައި 20 އަންހެންކުދިންނާއި، 23 ފިރިހެންކުދިން ހިމެނެއެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅެނީ، 13އަހަރާއި 18އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ.