އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމެރީގައި އެޕާޓީގެ ލީޑަރޝިޕުން ވާދަކުރެއްވި ގިނަ ބޭފުޅުން ޓިކެޓް ޔަގީން ކުރައްވައިފިއެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑާއިގެންނަވާ ބޭފުޅުންގެ ތެރެއިން ޕްރައިމެރީގައި ވާދަކުރެއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒާއި ޕާޓީގެ ސެކެރެޓަރީ ޖެނަރަލް އަނަސް އަބުއްދުއްސައްތާރުއެވެ.
މި ބޭފުޅުންގެ ތެރެއިން އަނަސް ފިޔަވާ ހުރިހާ ބޭފުޅުންވަނީ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ޔަގީންކުރައްވާފައެވެ.
ރައީސް ނަޝީދު ވާދަކުރެއްވީ މައްޗަންގޮޅި މެދު ދާއިރާއަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޝީދު އެ ދާއިރާ ކަށަވަރުކުރެއްވީ 237 ވޯޓުންނެވެ. ނަޝީދާއު ވާދަކުރެއްވީ އައިޝަތު އަލިއިކާއަށް ލިބުނީ 52 ވޯޓްއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވާދަކުރެއްވީ އަލަށް އުފެއްދި ހެންވޭރު ހުޅަނގު ދާއިރާއަށެވެ. ހަސަން އެ ދާއިރާގެ ޓިކެޓް ކަޝަވަރުކުރީ 201 ވޯޓުންނެވެ. ހަސަން ލަތީފާއި ވާދަކުރި މުހައްމަދު ޝަރީފަށް ލިބުނީ 67 ވޯޓްއެވެ.
އެމްޑީޕީގެ ޗެއަރފާސަންގެ ނާއިބު އަލީ ނިޔާޒު ވާދަކުރެއްވީ ހުޅުމާލެ ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓް ނިޔާޒު ކަށަވަރުކުރީ 179 ވޯޓުންނެވެ. އޭނާ އާއި ވާދަކުރީ އަބްދުލްހަލީމަށް ލިބުނީ 77 ވޯޓައެވެ.
އެމްޑީޕީގެ ލީޑަރޝިޕްގައސި ހިމެނޭ ބޭފުޅުންގެ ތެރެއިން ޓިކެޓް ކަށަވަރު ނުވީ ޕާޓީގެ ސެކެރެޓަރީ ޖެނަރަލ އަނަސް އަބްދުއްސައްތާރު އަށެވެ. އެނާ ވާދަކުރެއްވީ މާފަންނު މެދު ދާއިރާއަށެވެ. އަނަސްއާއި ވާދަކޮށް އެދާއިރާ ކާމިޔާބުކުރީ މީގެކުރިން އެ ގޮނޑި ފުރރުއްވާފައިވާ މުހައްމަދު ރަޝީދު (ބޮންޑާ) އެވެ.
މީގެއިތުރުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ އަހުމަދު އަބްދުﷲ ވެސް އިންތިހާބަށް ކުރިމަތިިލިއެވެ. ބާރަށު ދާއިރާގެ ޓިކެޓް ޕްރައިމެރީއަކާއި ނުލާ އަހުމަދު އަބްދުﷲ ވަނީ ލިބިފައެވެ. އެނާ ކުރިން ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވާފައިވަނީ އިހަވަންދޫ ދާއިރާއެވެ.