ޚަބަރު

ޝެއިޙް އަލީ ޒާހިރުގެ "އޭ ލޯބިވާ ދަރިފުޅާއެވެ." ދަރުސް މިރޭ ހުޅުމާލޭގައި


އަލް-ހިޖްރާ ޖަމްޢިއްޔާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ޚާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ޝެއިޚް އަލީ ޒާހިރު ދެއްވާ މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އޭ ލޯބިވާ ދަރިފުޅާއެވެ." މިމަޢުޟޫގެ މައްޗަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔުމަށް ރާވާފައިވާ މި ދަރުސް އޮންނާނީ ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި މިރޭ 8:30 ގައިކަމަށް އަލް-ހިޖްރާ ޖަމްޢިއްޔާއިން ބުނެއެވެ.

އެޖަމްޢިއްޔާއިން ބުނީ މިދަރުސްގައި ދަރިން ބެލެހެއްޓުމުގައި މައިންބަފައިންނާއި އަދި މިޒިންމާ ޙަވާލުވެފައިވާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންކަމާއި އިސްލާމްދީނުގައި މިކަންކަމަށް ބާރުއަޅުއްވާފައިވާ މިންވަރާއި ނަބަވީ އިރުޝާދުގެ އަލީގައި މިކަމަށް ދައްކަވާފައިވާ މިސާލުތަކާއި މިކަމާގުޅުންހުރި އެހެނިހެން މުހިއްމު މަޢުލޫމާތުތަކަށް އަލިއަޅުވާލާނެކަމަށެވެ.