ކުޅިވަރު

ޗެކްގެ ރިޓަޔަރމެންޓަކީ ލިބުނު ސިހުމެއް - އެމްރީ


ޕީޓަރ ޗެކް ރިޓަޔަކުރަން ނިންމުމަކީ ލިބުނު ސިހުމެއް ކަމަށާއި ނަމަވެސް އޭނާގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށް އާސެނަލްގެ ކޯޗް އުނާއީ އެމްރީ ބުނެފިއެވެ.
ޗެކްރިޕަބްލިކްގެ ގޯލްކީޕަރު މި ސީޒަނަށްފަހު ރިޓަޔަކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.
އެމްރީ ބުނީ އޭގެ ކުރިން ޗެކް ރިޓަޔަރކުރަން އުޅޭ ވާހަކަ އޭނާއާ ހިއްސާ ކުރި ކަމަށާއި، 36އަހަރުގެ ކީޕަރުގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމާއިއެކު ހައިރާންކަން ލިބުނުނަމަވެސް ޗެކްގެ ނިންމުމަށް އޭނާ އިހުތިރާމް ކުރާ ކަމަށެވެ.
ޗެކް ރިޓަޔަކުރަން ނިންމާފައިވަނީ އަނިޔާގެ ސަބަބުން ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.
ޗެކް ބުނީނީ އޭނާ ރިޓަޔަކުރަން ނިންމީ އޭނާގެ ކެރިއަރުގައި ހާސިލް ކުރަން ބޭނުން ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުވުމުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެކްގެ ކުރީގެ ކްލަބް ޗެލްސީއިން ވަނީ ޗެކްގެ ރިޓަޔަރމެންޓަށް ފަހު އޭނާއަށް ޗެލްސީގައި ވަޒީފާގެ ފުރުސަތު އޮތްކަން ހާމަކޮށްފައެވެ.