ކުޅިވަރު

މިޔަންމާގެ 23 އަހަރުން ދަށުގެ ޓީމާއި ޕޮޕޯވް ހަވާލުވެއްޖެ


2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓަރ ފައިނަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ގެންގޮސްދިން ކޯޗް ވެލިޒިޔާ ޕޮޕޯފް މިޔަންމާގެ 23 އަހަރުން ދަށުގެ ޓީމާއި ހަވާލުވެއްޖެ އެވެ.

ވެލިޒިޔާ ޕޮޕޯފްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ބުނީ މިޔަންމާގެ 23 އަހަރުދަށުގެ ޓީމާއި ހަވާލްވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި އޮލިމްޕިކްސްއަށް ތައްޔާރުވާ 23 އަހަރުން ދަށުގެ ޓީމް ތަމްރީން ކުރުމަކީވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި 50 މިލިއަން މީހުންނަށް ވުރެއް ގިނަ މީހުން ދިއިއުޅޭ މިޔަންމާގެ ޓީމަކަށް ކޯޗް ކޮށްދިނުމަކީ އޭނާއަށް ކުރިމަތިވާ ވަރަށް ބޮޑު ޗެލެންޖެއްކަމަށް ވެލިޒިޔާ ޕޮޕޯފް ބުންޏެވެ.

ޕޮޕޯވް ބުނީ ކުލަބަށް ކޯޗްކޮށް ދިނުމާއި ގައުމީ ޓީމަށް ކޯޗްކޮށް ދިނުމަކީ މުޅިން ތަފާތު ދެ ކަމެއްކަމަށާއި ގައުމީ ޓީމަށް ކޯޗްކޮށްދޭއިރު ކުލަބްތަކުގެ ހުރިހާ ކުޅުންތެރިންނާއި މެދު ވިސްނަންޖެހޭނެކަމަށެވެ. ނަމަވެސް ކުލަބަށް ކޯޗްކޮށްދޭއިރު ވިސްނަން ޖެހޭނީ ހަމައެކަނި ކުލަބަށްކަމަށްވެސް ޕޮޕޯވް ބުންޏެވެ. އަދި އެންމެ ގުޅިގެން މަސައްކަތްކޮށްފިނަމަ މިޔަންމާގެ 23 އަހަރުން ދަށުގެ ޓީމަށް އޮލިމްޕިކް، އޭއެފްސީ ކޮލިފައިން އަދި ސައުތް އީސްޓް އޭޝިއަން ގޭމްސްގައިވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެކަމަށް ޕޮޕޯފް ބުންޏެވެ.

ވެލިޒިޔާ ޕޮޕޯފްވަނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ކުޓާރ ފައިނަލަށް ނިއު ގެންގޮސްދީފަ އެވެ. އެއަހަރު ނިއުވަނީ ވެލިޒިޔާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން މައިލޯ ޝެރިޓީ ޝީލްޑް މެޗްއާއި ލީގް އަދި ގައުމީ މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ.