ސިޔާސީ

ކުރީގެ ޑިފެންސް މިނިސްޓަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަރޔަޑް މުހައްމަދު ނާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ނާޒިމް ގެންގޮސްފައިވަނީ ރޭ މެންދަމުން އަލިވެ އެއްގަޑި ދިހައެއް އެހާކަންހާއިރު ނާޒިމް ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުންގެ ގޭގައި ހުންނަވަނިކޮށެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ނާޒިމް ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ނާޒިމް ގެންދިޔައިރު، އޭނާ ދިރިއުޅުއްވާ އެޕާރޓްމަންޓުން ނުރައްކާތެރި ހަތިޔާރުތަކެއް ފެނުނު ކަމަށް ބުނާ މައްސަލައިގެ ތަހްޤީޤް ނިންމާ ފުލުހުން ވަނީ އިއްޔެ އެމައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.މީގެއިތުރުން ރޭ ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން އިއްޔެއްގެ ވަގުތެއްގައި ވަކިވެވަޑައިގެންފައިވާކަމަށެވެ. ނަމަވެސް ޤައުމުގެ ހާލަތު ރަނގަޅުކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.