ޚަބަރު

ޕެރަޑައިސް ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ


ޕެރަޑައިސް އައިލަންޑް ރިސޯޓްގައި ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ، ގެނބިގެން މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ކޮރެއާގެ އަންހެން ފަތުރުވެރިއެއްކަމަށެވެ.

މިއަދު ހަވީރު ފަހެއް ޖަހާ އެހާކަންހާއިރު ފަތުރުވެރިޔާ ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވަދެމުންދިކޮށްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިދިޔަ ހަފްތާގައި ކ.ދިއްފުށީ ގެސްޓްހައުސްއެގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކުވެސް ސްނޯކްލިއަންއަށް ގޮސް އުޅޭނިކޮށް ވަނީ މަރުވެފައެވެ. އެހާދިސާގައި މަރުވި ދެމަފިރުންގެ ހަށިގަނޑު ފިލިޕީންސްއަށް ދިވެހި ސަރުކާރުގެ ޚަރަދުގައި ވަނީ ފޮނުވާފައެވެ.