ޚަބަރު

މެމްބަރު މުސްތަފާ ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައިފި


ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ ސިވިލް ކޯޓަށް ޙާޒިރުވެވަޑައިގަތުމަށް އެކޯޓުން އަމުރު ކުރައްވައިފިއެވެ.

ސިވިލް ކޯޓުން އަމުރުކުރައްވާފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު މުޙައްމަދު މުސްތަފާ އެކޯޓަށް ޙާޒިރުވެވަޑައިގަތުމަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމާފައިވާ މުޞްޠަފާ ކޯޓަށް ޙާޒިރު ކުރައްވަނީ، އެ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ނިންމަވާފައިވާ އަންވަރު އިބްރާހިމްގެ މައްޗަށް އޭނާ ހުށަހެޅުއްވި ފައިސާއާ ގުޅޭ މައްސަލައެއްގައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ ޑިސެންބަރު މަހުއެވެ. 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެ ވަޑައިގެންނެވި މުސްތަފާ ވަނީ މަޖިލީހުގެ ޖަލްސާތައް ނުފަށަނީސް ޕީޕީއެމްއަށް ސޮއި ކުރައްވާފައެވެ.