ސިޔާސީ

2 މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބުން އައްޔަންކޮށްފި


ރައީސުލްޖުމްހޫރިއްޔާ ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރައްވާފައިވަނީ ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއަށެވެ.މިގޮތުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވީ ހެންވޭރު މާޒް އަހުމަދު ސަލީމްއެވެ.އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވީ މަދަނީ އިއްތިހާދުގައި އިސްކޮށް އުޅުއްވި ފާދިއްޕޮޅު ކުރެންދޫ ނޫރާނީގޭ އަބްދުﷲ މުހައްމަދުއެވެ.ޑެޕިއުޓީ ހޯމް މިނިސްޓަރަކަށް އައްޔަންކުރެއްވި މާޒް ސަލީމަކީ، އިއްޔެ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތް ބޭފުޅެކެވެ.