ކުޅިވަރު

ޕީއެސްޖީ ޤަތަރުގައި، ނޭމާ އަނިޔާގައި


އަނިޔާގައި ހުރި ނޭމާއާއެކު ޕީއެސްޖީގެ ޓީމް ޤަތަރުގެ ދޯހާގައި ކޭމްޕް ކޮށްފިއެވެ.
ފިނިމޫސުމުގެ ކޭމްޕަށް ފްރާންސް ލީގުގެ ޗެމްޕިއަނުން ގޮސްފައިވާއިރު، ނޭމާގެ ފަޔަށް އަނިޔާވެފައިވާކަމަށް ޓީމްގެ ކޯޗް ތޯމަސް ޓުޝެލް ވަނީ ބުނެފައެވެ.
ޓުޝެލް ބުނީ ނޭމާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި، މިވަގުތު ކުޅުމުގައި ބައިވެރި ވެވޭވަރަށްވުރެ އޭނާގެ އިންޖަރީ ސީރިއަސް ކަމަށެވެ. ނަމަވެސް ދޯހާގެ ތަމްރީނުތަކުގައި މަޑުމަޑުން ނޭމާ ބައިވެރިވަމުން އަންނާނެ ކަމަށް ޓުޝެލް ބުންޏެވެ.

ނޭމާގެ އިތުރުން ކިލިއަން އެމްބާޕޭ އަދި އެޑިސަން ކަވާނީ ފަދަ ތަރިން ހިމެނޭ ޗެމްޕިއަން ޓީމް، ޤަތަރުގައި ތަމްރީނު ވުމުގެ އިތުރުން، ސްޕޮންސަރުންނާއެކު ޕްރޮމޯޝަން ހަރަކާތްތަކުގައިވެސް ބައިވެރިވާނެއެވެ.

އަދި މި ދަތުރުގައި ޤަތަރުގެ ދޯހާގައި ޕީއެސްޖީގެ ފުޓުބޯޅަ އެކަޑަމީއެއް ހުޅުވުމަށްވެސްވަނީ ހަމަޖެހިފައެވެ.