ކުޅިވަރު

ގާޑިއޯލާގެ ނަސޭހަތް ؛ ލިވަޕޫލާ މެދު ނުވިސްނާ


ލީގް ހޯދަން ބޭނުންނަމަ ލިވަޕޫލާމެދު ނުވިސްނާ އަމިއްލައަށް މޮޅުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނީ ދިހަ ކުޅުންތެރިންނާއެކު ކުޅުނު ވުލްވްސް ތިން ލަނޑު ސުން ލަނޑުން ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާދެމެދު އޮތް ލީޑް ހަތަރު ޕޮއިންޓަށް ކުޑަކުރުމަށްފަހުއެވެ.
ދިފާއީ ޗެމްޕިއަން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ލިވަޕޫލްގެ މެޗްތަކަށާއި ޕޮއިންޓަށް ނުބެލުމަށް އޭނާގެ ކުޅުންތެރިންނަށް ނަސޭހަތްދީފައި ވާނެކަމަށެވެ. އަދި ތާވަލުގެ ކުރީގައި އޮތް ޓީމާ ދޭތެރޭ ވިސްނުމަކީ އަމިއްލަ ޓީމަށް އޮންނަ ސަމާލުކަން ގެއްލޭ ކަމެއްކަން ގާޑިއޯލާ ފާހަގަކުރިއެވެ. ސިޓީއަށް ކުރެވެން އޮތްހާވެސް ކަމަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ވުލްވެސް ބަލިކުރި މެޗްގައި މެޗްގައި ސިޓީގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖެސޫސްއެވެ. ފަހު ގޯލަކީ ވުލްވްސްގެ ކެޕްޓަން ކޯނަރ ކޯޑީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.