ސިޔާސީ

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރާ ގޮވާތަކެތި ފެނުނުކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގައި ފުލުސް އޮފީހަށް ރޭ ނާޒިމް ހާޒިރު ކޮށްފިއެވެ.އެމްބީސީ ނިވްސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަސައްލައިގައި ނާޒިމް ޕޮލިހަށް ހާޒިރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެކަމާގުޅޭ ބަޔާނެއް ނެގުމަށްކަމަށެވެ.ނަމަވެސް އެކަމާ ބޭހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރައްވާފައެއް ނުވެއެވެ.މިކަމާ ގުޅޭ ގޮތުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްބާރުލުން ދީފައި ވާކަމަށާ، އެގޮތުން ބަޔާންތައްދީ ނިންމާފައިވާކަމުގައެވެ. އަދި އެ ހަތިޔާރަކީ ނާޒިމްއާއި އދި ނާޒިމްގެ އާއިލާއާއި އެއްވެސް ގުޅުޅުމެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުންވެސް ވަކީލް ތަކުރާރުކުރެއްވިއެވެ.ނާޒިމްގެ ގެއިން ނުވައެއް އެމް އެމްގެ ފިސްތޯލަ އަކާއި އޭގެ މެގަޒިން އަދި 3 ވަޒަނުގެ އިތުރުން ގޮވާ ތަކެތި ފެނިފައިވާކަމަށް ހާމަކޮށް އެތަކެތި ފުލުހުންވަނީ މީޑިއާއަށް ދައްކާލާފައެވެ.އެ މައްސަލައިގައި ތަހްގީގަށް ނާޒިމް އާއި އަނބިކަނބަލުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.