ޚަބަރު

ތަޢުލީމީ ނިޒާމު އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާކުރައްވައިފި


ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މެނޭޖްމަންޓާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސް މެނޭޖްމަންޓް ޓީމާ ބައްދަލު ކުރައްވާ މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ނާއިބް ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްޤީ ކުރުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސް މެނޭޖްމަންޓް ޓީމާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް އެ ޓީމަށް ދެއްވާފައެވެ.

މިއަހަރުގެ ދިރާސީ އާ އަހަރާއެކު، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާކަން އެޑިއުކޭޝަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.