ތަޢުލީމު

ގްރޭޑް 1،2،3ގެ ދަރިވަރުންނަށް އާ ރިޕޯޓް ފޯމެއް ތަޢާރަފްކޮށްފި


ކީ ސްޓޭޖް އެކެއްގެ ކްލާސްތައް ކަމަށްވާ ގްރޭޑް އެކެއް، ދޭއް އަދި ތިނެއްގެ ދަރިވަރުންނަށް އާ ރިޕޯޓް ފޯމެއް ތަޢާރަފްކޮށްފިއެވެ.އާރިޕޯޓް ފޯމް އެކުލަވާލާފައިވަނީ ރާއްޖޭގައި އަލަށް އެކުލަވާލި މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖްގެ ދަށުން ކީސްޓޭޖް 1ގެ ދަރިވަރުންގެ ފެންވަރު ބަލާ ވަޒަންކޮށް،ހާސިލްވާންޖެހޭ މިންވަރު ދަރިވަރުންނަށް ހާސިލްވޭތޯބެލުމަށް ކަނޑައަޅާފައިވާގޮތްތަކާ އެއްގޮތަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.ކުރިން މިގްރޭޑްތަކުގައި ބޭނުންކުރަމުންދިޔަ ރިޕޯޓް ފޯމްތަކުގައި ބެލުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ އިތުރުން އަލަށް ތައާރަފްކުރެވުނު ފޯމްގައި ގައުމީ މަންހަޖުގައިވާގޮތަށް ގްރޭޑްތަކުގެ ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރުމަށް ކަނޑައެޅުނު "އެސެސްމެންޓް ފޯލާރނިންގ" ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު ކަނޑައެޅޭނެ ގޮތްތައް އެކުލަވާލާފައިވާކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.އެސެސްމަންޓް ފޯ ލާރނިންގގައިވާގޮތުން ސުކޫލުގައި އެއްކުރާ އެސެސްމަންޓްގެ މައުލޫމާތަކީ އުނގެނި ދަސްކުރުމުގެ ތަފާތު އެކިއެކި މަރުހަލާތަކުގައި އެސެސްމަންޓްގެ ތަފާތުވައްތަރުތައް ބޭނުންކޮށްގެން އެއްކުރާ ވަރަށް ޚާއްސަ މައުލޫމާތުތަކެއް ކަމަށާއި، އެގޮތުން މިހޯދާ މައުލޫމާތު ބޭނުންކޮށްގެން ދަރިވަރު ހާސިލްކުރި ނަތީޖާ ތައްޔާރުކުރެވޭނެކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. އަދި މިނަތީޖާއިން ދަރިވަރަށް ކޮންމެ މާއްދާއަކުން ހާސިލްވި މިންވަރާއި،މުދައްރިސުންގެ އިރުޝާދާއި،ކުރިމަގުގައި ދަރިވަރުން ކުރަންވީ ކަންތައްތައް ސާފްކޮށް އެގެން އޮންނާނެކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.މިރިޕޯޓުން ދަރިވަރު ސުކޫލުގައި ކުރިމަސައްކަތުގެ ފެންވަރާއި،ދަރިވަރުންގެ އުޅުމާއި،އަދި ދަރިވަރުގެ އަޚްލާގީ ފެންވަރު ބެލެނިވެރިޔާއަށް އެނގިގެން ދާނެކަމަށްވެސް އެޑިއުކޭޝަނުން މައުލޫމާތުދެއެވެެ.އެޑިއުކޭޝަން މިނިސްޓްރީން މިހާރުވާނީ އަލަށް އެކުލަވާލި މިރިޕޯޓްފޯމް ރާއްޖޭގެ ސްކޫލުތަކަށް ލިބޭނެގޮތް ހަދާފައެެވެ.އަދި މިރިޕޯޓްފޯމް ކޮންމެ އަހަރަކު ދެފަހަރު ރަސްމީގޮތެއްގައި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.