ކުޅިވަރު

ރެއާލް ބެޓިސް އާއި ވާދަކުރާ މެޗު އުނދަގޫވާނެ - ސޮލާރީ


ރެއާލް ބެޓިސް އާއި ދެކޮޅަށް މިރޭ ނުކުންނާނީ އުނދަގޫ މެޗެއް ކަމަށް ބަލައި ތައްޔާރުވެގެން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ސަންތިއާގޯ ސޮލާރީ ބުނެފި އެވެ.

ސޮލާރީ ބުނީ ފުރަތަމަ ޑިވިޝަންގެ ލީގެއްގައި ފަސޭހަ މެޗެއް ނޯންނާނެ ކަމަށެވެ. އަދި ލަލީގާ އަކީ އަބަދުވެސް ވާދަވެރި ލީގެއް ކަމަށާއި މި މެޗުވެސް ވާދަވެރިވާނެ ކަމަށް ގަބޫލުކުރާކަމަށެވެ. ސޮލާރީ ބުނީ އަމާޒަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މޮޅުވުން ކަމަށެވެ.

ޓީމްގައި އަނިޔާގެ މައްސަލަ ގިނަކަން ފާހަގަކުރަމުން ކޯޗް ބުނީ އަނިޔާގައި ތިބި ކުޅުންތެރިން އަވަހަށް ޓީމާ ގުޅުން މުހިންމުކަމަށާއި، ސްކޮޑް ފުރިހަމަ ވާނީ އޭރުންކަމަށެވެ. އަނިޔާގެ ސަބަބުން ގެރެތް ބޭލް، ތިބައޫ ކޯޓުއާ، ޓޯނީ ކްރޫސް، މާކޯ އެސެންސިއޯ، މަރިއާނޯ ޑިއާޒްގެ އިތުރުން މާރކޯސް ލޮރެންތޭއަށް ވެސް މިރޭގެ މެޗްގައި ނުކުޅެވޭނެ އެވެ. މި މެޗްގައިވެސް އިސްކޯ ފެނުން ގާތީ ބެންޗުން ނެވެ.

މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގައެވެ.