ސިޔާސީ

ބޭރުގެ ބޮޑު އިންވެސްޓްމަންޓެއް ގެނައުމަން ސަރުކާރުން ތައްޔާރުވަނީ


ރާއްޖޭގައި މިހާތަނަށް ފެނިފައިނުވާފަދަ ބޭރުގެ ބޮޑު އިންވެސްޓްމަންޓެއް ސަރުކާރުން ދާދި އަވަހަށް އިއުލާންކުރާނެކަމަށް ސަރުކާރުގެ ކޮއެލިޝަން ޕާޓީއެއްކަމަށްވާ އެމްޑީއޭގެ ލީޑަރ އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.ރޭ އެމްޑީއޭގެ ކޮންގްރެސް އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތްތާގައިވެސް ރާއްޖެއަށް މިއަންނަވަރުގެ ބޮޑު އިންވެސްޓްމަންޓެއް އައުމަކީ ދުރުކަމެއްކަމަށެވެ. އެހެންނަމަވެސް މިކަމާއިބެހޭގޮތުން އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.ސަރުކާރުގެ ކޯލިޝަން ޕާޓީ އެމްޑީއޭގެ ލީޑަރ ވިދާޅުވީ ހުރިހާ ދާއިރާއަކުންވެސް ރާއްޖެއަށް ސަރުކާރުން އުފާފަގަތިކަމާއި ތަރައްގީ ހަލުވިކަމާއެކު ގެނެސްދެމުންދާކަމަށެވެ.