ކުޅިވަރު

އަނިޔާއިން ސަލާމަތް ނުވެވި އޭންޑީ މުރޭ ރިޓަޔާމެންޓް އިއުލާން ކޮށްފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތަކީ ކެރިއަރުގެ އެންމެ ފަހު މުބާރާތް ކަމުގައި ވެދާނެ ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިއާ އޭންޑީ މުރޭ ބުނެފިއެވެ.

ހޯމަ ދުވަހު އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ރައުންޑުގައި ރޮބާރޓޯ ބަޓިސްޓާ އާއި ދެކޮޅަށް ނިކުން މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މުރޭ ބުނީ، އުކުޅުވަޅައް ލިބިފައިވާ އަނިޔާ އަދިވެސް ރަނގަޅު ނުވާކަމަށާއި، އަނިޔާގައި ހުރެގެން ކުޅުމައްވުރެ، ކުޅުން ހުއްޓާލުންވެސް މާރަގަނޅުކަމަށް.

އޭނާ ބުނީ ވިމްބްލޭޑަން އަކީ އޭނާ ކުޅުން ހުއްޓާލަން ބޭނުންވާތަން ކަމަށާއި، އެކަމަކު ރިހުމަށް ކެތްކުރަމުން ކުޅުން ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މުރޭ ބުނީ، އަދިވެސް އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރަން ވިސްނާ ކަމަށާއި، އެކަމަކު އޮޕަރޭޝަނަށް ފަހުގައި އަލުން ކުޅުމުގެ ތެރެއަށް ނިކުމެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ދެން ނެތްކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ 31 އަހަރުގެ އޭންޑީ މުރޭ ވަނީ އޮސްޓްރޭލިއަން އޯޕަން 5 ފަހަރު، އަދި ފްރެންޗް އޯޕަން އެއްފަހަރު، ވިމްބްލޭޑަން 2 ފަހަރު އަދި ޔޫއެސް އޯޕަން އެއްފަހަރު ކާމިޔާބުކޮށްފައެވެ.