ޚަބަރު

ހުކުރު ދުވަހު މަގުތައް ބަންދުކުރަން ފަށާނީ އަންނަ ހަފްތާގައި


ކޮންމެ ހުކުރުދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ބަންދުކުރަން ފެށުން އަންނަ ހުކުރުދުވަހަށް ފަސްކޮށްފިއެވެ.

އާއިލާތަކާއި ކުޑަކުދިންނަށް ހިތްފަސޭހަ އަމާން މާހައުލެއް ހޯދައިދިނުމަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނުގެ ވަކި ވަގުތުތަކެއްގައި މާލޭގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ނުދުއްވޭގޮތް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މި ވަޢުދު ފުއްދުމަށްޓަކައި މަގުތައް ބަންދުކުރުމަށް ހައުސިންގ މިނިސްޓްރީން ކުރިން ހަމަޖައްސާފައިވަނީ މިއަދުއެވެ. ނަމަވެސް ޓްރެފިކް ޕޮލިހުން ބުނީ މަގުތައް ބަންދުކުރަން ފަށާނީ އަންނަ ހަފްތާގައިކަމަށާއި، މިގޮތަށް ނިންމީ މިކަމަށް ވާންޖެހޭ ބައެއް ތައްޔާރީތައް ވުމަށްކަމަށެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުންވަނީ ހުކުރު ދުވަހުގެ ހެނދުނު 6:30 އިން 10:30 އަށް މާލޭގެ 13 މަގެއް ބަންދުކުރުމަށް ނިންމާފައެވެ.

މިގޮތުން ބަންދުކުރުމަށް ނިންމާފައިވާ މަގުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ބޮޑަށް ތޮއްޖެހޭގޮތަށް ހުންނަ ކުދި ގޯޅިތަކާއި މަގުތަކެވެ. މަގުތަކެވެ. ހައުސިންގ މިނިސްޓްރީން ބުނީ މަގު ބަންދުކުރާ ވަގުތުގައި، ކުޑަކުދިންނަށް އެކިކަހަލަ ކުޅިވަރުތައް މަގުގައި ކުޅެވޭނެކަމަށެެވެ. އަދި މަގު ބަންދުކުރާ ވަގުތުތަކުގައި ފުލުހުން އެ ސަރަޙައްދުތައް ބަލަހައްޓަމުންދާނެއެވެ.