ޚަބަރު

ރިސޯޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފި


އެއްލައިދޫ ރިސޯޓުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ.

ފުލުހުން ބުނީ އެއްލައިދޫ ރިސޯޓުގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި، އެތަނުން އެކަކުގެ މެއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ މިރޭ 9:50 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އަދި މަރުވި މީހާގެ ހަށިގަނޑު މަހިބަދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުުން ބުނެއެވެ.

މި ދެމީހުންނަކީ ސްރީލަންކާއަށް ނިސްބަތްވާ ދެމީހުންކަމަށްވެސް ފުލުހުން ބުނެއެވެ.