ކުޅިވަރު

އޮފީސް، ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި


ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނީ މިއަހަރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ ހަތަރުވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، މިމަހުގެ ތޭވީސްވަނަ ދުވަހުގެ ކުރިން ހޭންޑްބޯޅަ އޮފީހަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން އެޓީމުތަކުގެ ޓީމު ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޙަކީ ހައެއް ފެބްރުއަރީ 2019 ވާ ބުދަ ދުވަހެވެ. މި އަހަރުގެ މި މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.

އެންމެ ފަހުން ބޭއްވި ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އެމް.ޕީ.އެލް ހޯދި އިރު އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އިމިގްރޭޝަންގެ ޓީމުންނެވެ.