މިފަހަކަށް އައިސް މާލޭގެ މަގުތަކުގައި އަނިޔާވެރި ގޮތަކަށް ބުޅާ މަރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމަށް ބުނެފިއެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި މަގުތަކުގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާ މައްސަލަ ހުއްޓުވައި ދިނުމަށް އެދި ބަޔަކު މީހުން ފުލުހުންނަށް މިއަދު ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕެޓިޝަން ފުލުހުންނަށް ހުށަހެޅީ ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިންނެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނައިރު ފުލުހުން ވަނީ މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށްފައި ބައެއް ފަރާތްތަކާއި އެކު ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައެވެ.
މާލޭގެ މަގުތައް މަތީގައި ގިނަ ޢަދަދަކަށް ބުޅާ މަރުވެފައި އޮންނަ މައްސަލައާއި ގުޅިގެން ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް ވަނީ މާލެ ސިޓީ ކައުންސިލާއިވެސް ބައްދަލުކޮށް އެކަމުގައި މަޝްވަރާކޮށްފައެވެ.