ކުޅިވަރު

ގްރީންގެ ޒުވާން ޓީމުގެ ކޯޗަކަށް ސަމްޕަތު


ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމުގެ ކޯޗަކަށް އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފިއެވެ.
އަޝްރަފް ލުތުފީއަކީ މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާވަނީ ކެރިއަރުގައި ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާ އާއި ގައުމީ ޓީމަށްވެސް ކުޅެފައެވެ.
އޭނާ ގްރީންގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ ހަވާލުމިވީ ނިއު އިން އެހެން ކޯޗަކު ހަމަޖައްސައި ފަރިތަކުރަން ތައްޔާރުވުމުންނެވެ.
އަޝްރަފް ލުތުފީއާއިއެކު ގްރީން ފަރިތަކުރަން ތައްޔާރުވާއިރު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން ދަނީ ޒުވާން ކުޅުންތެރިންގެ މުބާރާތަށް ތައްޔާރުވާން ފަށައިފައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކުލަބް އީގަލްސް. ނަމަވެސް މިދިޔަ އަހަރު އީގަލްސްވަނީ ގްރީން ސްޓްރީޓް އަތުން ފައިނަލްގައި ބަލިވެފައެވެ.