ޚަބަރު

ފަސް ގަޑިއިރަށްވުރެ ގިނައިރުފަހުން ރައީސް ޔާމީން ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެންފި

މިއަދު 14:30 ގައި ފުލުހުންގެ އިދާރާއަށް ޙާޒިރުވެވަދައިގަތުމަށްފަހު، 5 ގަޑިއިރަށްވުރެ ގިނައިރުފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުކުމެވަޑައިގެންފިއެވެ.

އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ މިއަދު ދެގަޑީ ތިރީހުގައެވެ. މިއީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ ތުހުމަތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ތިން ވަނަ ފަހަރެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތުގައި ރައީސް ޔާމީން ދެފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، މި މައްސަލާގައި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ބާވީސް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް އެންމަފަހުން ޙާޒިރުކޮށްފައިވަނީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް އެފައިސާގެ މައްސަލަތައް ތަޙްޤީގުކުރި އިދާރާތަކަށް ދޮގުމައުލޫމާތު ދީފައިވާކަމުގެ ތުހުމަތުގައިކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

އެހެންނަމަވެސް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ރައީސް ޔާމީން ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ޙާޒިރުކޮށް މިހާރު ތަހްޤީޤު ހިންގަމުންދާ މައްސަލަތަކުގައި އެއްވެސް ބުރަދަނެއް އޮތްކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ.

ފުލުހުން ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ، އެމް.އެމް.ޕީ.އާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި، ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނައަދަދެއްގެ ފައިސާ ރައީށް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ، ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙްޤީގާއި ގުޅިގެން ހިންގި މުއާމަލާތްތަކުގައި، ރައީސް ޔާމީން ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތުދެއްވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލުކުރުމަށްކަމަށެވެ.