ވިޔަފާރި

ނިއުޕޯރޓް ވިއު ހުޅުވައިފި


ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ރެސްޓޯރެންޓެއްކަމަށްވާ، ނިއުޕޯރޓް ވިއު ހުޅުވައިފިއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަަޙައްދުގައި ހަދާފައިވާ މިރެސްޓޯރަންޓް ރަސްމީކޮށް ހުޅުވިނަމަވެސް އާންމުންނަށް މިތަން ހުޅުވާލަން މާދަމާކަމަށް ނިއު ޕޯޓް ވިއު ހިންގާ ސްޓްރާޑާ ކުންފުނިން ބުނެއެވެ.

ސްޓްރާޑާގެ މެނޭޖިންގ ޑިރެކްޓަރ، މަލަކާ ޢަބްދުލްޙަކީމް ވިދާޅުވީ، މި ރެސްޓޯރެންޓަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ރެސްޓޯރެންޓެއްކަމަށެވެ. މިގޮތުން މިތަނުގައި ކުޑަކުދިން ކުޅުމަށް ޚާއްސަ ތަނެއް ތައްޔާރު ކޮށްފައިވާ ކަމަށް މަލަކާ ވިދާޅުވިއެވެ.

ކެއްކުމާއި ގުޅުން ހުރި ތަފާތު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާ ބޭފުޅުންނަށްވެސް ޚާއްސަ ކަންތައްތަކެއް މި ރެސްޓޯރެންޓުން ލިބެން ހުންނާނެ ކަމަށް މަލަކާ ވިދާޅުވިއެވެ.

މި ރެސްޓޯރެންޓުގައި ދިރޭ މަސް ޓޭންކުތަކެއް ހުންނައިރު މި މަސް ޓޭންކްތަކުން ބޭނުންވާ ބާވަތެއް ކަސްޓަމަރުންނަށް އިޚްތިޔާރު ކުރެވޭނެއެވެ. އަދި އިޚްތިޔާރު ކުރާ މަހުގެ ބާވަތް ވަގުތުން ތައްޔާރުކޮށްދެވޭނެ ކަމަށްވެސް ނިއުޕޯރޓުން ބުނެއެވެ. އޭގެ ތެރޭގައި ފަރު މަހުގެ ބާވަތް ތަކާއި ސީފުޑްގެ ބާވަތްތައް ހިމެނެއެވެ.

ނިއުޕޯރޓުން އަންނަނީ ރެސްޓޯރެންޓްގެ އިތުރުން ބޭކަރީއަކާއި ކޭޓަރިންގގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.