ވިޔަފާރި

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޝަޒައިލް ޝިޔާމް


މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޝަޒައިލް ޝިޔާމް އައްޔަނުކޮށްފިއެވެ.

ޝަޒައިލް ޝިޔާމް ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމް އަދާކުރައްވާފައެވެ. މީގެ އިތުރުން ކޫއްޑޫ ފިޝަރީޒްގެ ޗެއަރމަންގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރގެ އޭނާ އަދާކުރައްވާފައިވެއެވެ.

ޝަޒައިލް ޝިޔާމަކީ ޓެކް މެނޭޖްމެންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވް ގޭހަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިންޑަސްޓްރިއަލް ގޭހުގެ އިތުރުން މެޑިކަލް ގޭސްވެސް ފޯރުކޮށް ދެމުން އަންނަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.