ޚަބަރު

ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ދިއްދޫގައި ތަޢާރަފްކުރަނީ


ހއ. ދިއްދޫގައި ފުލުހުންގެ ނެއިބާރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް ތައާރަފް ގުޅޭގޮތުން މަޝްވަރާކޮށްފިިއެވެ.

ދިއްދޫ ކައުންސިލާއި، ފުލުހުންގެ ހއ. އަތޮޅުގެ ކޮމާންޑާ ދެމެދު ބޭއްވި މި މަސްވަރާ ބައްދަލުވުމުގައި ނެއިބާރހޫޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް ތަޢާރަފުކޮށް މަސައްކަތް ކުރާނެ ގޮތާއި، ދިއްދޫ އަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޢާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުގެ އަލީގައި ތަންފީޒު ކުރަންޖެހޭ ކަންކަމުގައި ކައުންސިލްގެ ދައުރެއް ވާނަމަ އެކަމުގެ އެއްބާރުލުން ލިބޭނެ ގޮތާ ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލާ ފުލުހުން ގުޅިގެން އެރަށުގައި، އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުތައް، ރަނގަޅު ނިޒާމެއްގެ ތެރެއިން ޕާރކުކުރުމުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިބައްދަލުވުމުގައި ފުލުހުންގެ ހއ. އަތޮޅުގެ ކޮމާންޑަރާއި، ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު، މާލޭގައި ތަޢާރަފްކުރި ފުލުހުންގެ ނެއިބާރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދަތް ދިނުމަށްޓަކައި ފެށި ޚިދުމަތެކެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މި ޚިދުމަތުގެ ދަށުން ކޮންމެ ނެއިބަރހުޑެއްގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި ފޯން ނަންބަރު އެ ސަރަހައްދެއްގައި އުޅޭ ބަޔަކާ ޙިއްޞާ ކުރެވި، ނެއިބާރހުޑް އޮފިސަރުން މަސައްކަތް ކުރާގޮތް އާމުންނާ ޙިއްޞާ ކުރެވޭނެއެވެ.