ދުނިޔެ

ގޫގްލްގެ ޕްރައިވަސީއާ ބެހޭ ސިޔާސަތު އަލުން ލިޔަނީ


މަޝްހޫރު ސަރޗް އިންޖިން – ގޫގްލްގެ ޕްރައިވަސީއާ ބެހޭ ސިޔާސަތު އަލުން ލިޔުމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ.ގޫގްލްއިން މިކަމަށް އެއްބަސްވެފައިވަނީ، އިނގިރޭސިވިލާތުގެ އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން ކުރިމަތި ކުރި ފިއްތުންތަކާ ގުޅިގެންނެވެ. އެގޮތުން ޢާންމު ފަރުދުންގެ މަޢުލޫމާތުގެ ތެރެއިން އެއްކުރާނީ ކޮންކޮން މަޢުލޫމާތެއް ކަމާއި، އެމަޢުލޫމާތު އެއްކުރަނީ ކޮންކޮން ބޭނުމެއްގައި ކަން، ގޫގްލް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ކަމާއެކު ހޯދޭންޖެހޭނެކަމަށާ، އަދި ދެ އަހަރު ދުވަހުގެ މުރާޖަޢާއަށް އެކަން ހުށަޅަންޖެހޭނެ ކަމަށް ވެއެވެ.އިނގިރޭސިވިލާތުގެ އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ، ޢާންމު މަޢުލުމާތު އެއްކޮށް، ބޭނުން ކުރުމުގައި ގޫގްލްއިން ޢަމަލު ކުރާ ސިޔާސަތު ބަޔާން ކޮށްފައިވަނީ ވަރަށް "ޢާންމު" އުސޫލަކުން ކަމަށެވެ.