ޚަބަރު

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްސަ ދަރުސެއް މިރޭ އިސްލާމީ މަރުކަޒު މައިދާނުގައި


ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވާ ޚާއްސަ ދަރުސެއް މިރޭ އޮންނާނެއެވެ.

މިރޭ 08:30ގައި ބާއްވާ މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިރޭގެ ދަރުސްގެ މަޢުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބާއްޖަވެރި ޢާއިލާ" މި މަޢުޟޫއެވެ.

މިރޭގެ ދަރުސްގައި، ބާއްޖަވެރި ޢާއިލާއަކަށް ވާޞިލްވާނެގޮތާއި، މިފަދަ ޢާއިލާއެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި ޢާއިލާގެ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރުމަށް ދީނުގައި އަންގަވާފައިވާ ރަނގަޅު ގޮތްތައްވެސް މި ދަރުސްގައި ކިޔާދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިދަރުސަށްފަހު، މި މަޢުޟޫއާ ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ އާންމުން ދިއުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ދަޢުވަތުދީފައެވެ.