ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަޤާމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު އައްޔަންކުރައްވާފައިވަނީ ފުވައްމުލަކު ސިޓީ މާދަޑު، ނަޒާ، ޝާފިޢު ޢަލީ އެވެ.

ޝާފިޢު ޢަލީ އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިޢު ޢަލީ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައިވެސް ޝާފިޢު ޢަލީ ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިޢު ޢަލީ ކުރައްވާފައިވެއެވެ.

ޝާފިޢު ޢަލީ އަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން "ބެޗެލަރ އޮފް ޓީޗިންގ – ސެކަންޑަރީ" ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.