ތަޢުލީމު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކެމްޕެއިން


ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޑިޕްލޮމާއިން ދަށުގެ ސަނަދުތަކުގައި ތިބި ފަރާތްތައް ޑިޕްލޮމާއިން މަތީ ސަނަދަކަށް ކިޔެވުމަށް މަގު ފަހި ކުރުމަށް ޤައުމީ ފެންވަރުގެ ކެޕްމެއިނެއް ފެށުމަށް ތައްޔާރުވަމުންދާކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ އަބްދުﷲ އިބްރާހީމް ވިދާޅުވީ ވަޒީފާގައި ތިބެގެން ތައުލީމު ހާސިލް ކުރުމުގެ އިތުރުން މިހާރު ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސުންގެ ބަދަލުގައި މަސައްކަތް ކުރާނެ ދިވެހި ޓީޗަރުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ތަމްރީނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލް ތައުލީމުގެ ފެންވަރު މަތިކޮށް އެއްވެސް ކުއްޖަކު ބާކީނުކޮށް ތަހުޒީބު މުޖުތަމައަކަށް ބޭނުންވާ ދިވެހިން ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ ފެންވަރު މަތިކޮށް ރާއްޖޭގައި މިހާރު ކިޔަވައިދޭ ހާހެއްހާ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ތަމްރީނުކޮށް ނެރުމަށް ހަމަޖެހިފައިވެއެވެ.