ވިޔަފާރި

އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް 20 ރަށަކަށް ފޯރުކޮށްދީފި


އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ފޯރުކޮށްދީފައިވާކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫއިން ސުޕަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް އަތޮޅުގެ ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރުގެ މިހާތަނަށް 20 ރަށަކަށް ބްރޯޑްބޭންޑް ޚިދުމަތް ތަޢާރަފުކޮށް އާބާދީގެ 60 އިންސައްތައަށް މި ޚިދުމަތް ފޯރުކޯށްދީފައިވާކަމަށް އުރީދޫއިން ބުނެއެވެ.
އެގޮތުން އެންމެ ފަހުން އުރީދޫން މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ ދ.ކުޑަހުވަދޫއަށެވެ. އުރީދޫން މިމަހުގެ ތެރޭގައި ގދ. ތިނަދޫ އަދި ރ.ދުވާފަރަށް ބްރޯޑްބޭންޑްގެ ޚިދުމަތްދީފައިވާއިރު މިދިޔަ މަހު އަދ. މާމިގިއްޔަށާއި ގދ. ގައްދޫގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ދީފައިވެއެވެ.

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑް ބޭންޑަކީ 100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު އުރީދޫއިން ދެމުން އަންނަ ޚިދުމަތެކެވެ. މިއީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑް ނެޓްވޯރކް ތަޢާރަފްކުރުމަށް 2016 ވަނަ އަހަރު އުރީދުއިން ފެށި މަސައްކަތެކެވެ.