ވިޔަފާރި

ލިވިންގ އެކްސްޕޯ ފެބްރުއަރީމަހު ބާއްވަނީ


ކޮންމެ އަހަރަކު ބާއްވާ ލިވިންގ އެކްސްޕޯ އަންނަ ފެބްރުއަރީމަހު އޮންނާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ހައިރައިޒުން ބުނެފިއެވެ.

ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ.

ހައިރައިޒުން ބުނީ އަންނަ އަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ދަރުބާރުގޭގައިކަމަށެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯގައިވެސް ރާއްޖޭއާއި ރާއްޖޭން ބޭރުގެ ރިއަލް އެސްޓޭޓް ޙިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ. އަދި މިހާތަނަށް 10 ކުންފުންޏަކުން ބައިވެރިވާނެކަން ޔަޤީންވެފައިވާކަމަށް ހައިރައިޒުން ބުނެއެވެ.

އަންނަ އަހަރު ބާއްވާ "މޯލްޑިވްސް ލިވިންގ އެކްސްޕޯ" ގެ 7 ވަނަ އެޑިޝަންގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ.