މޯލްޑިވްސް އިންޓެގްރޭޓެޑް ޓްއަރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. އެމްއައިޓީޑީސީގެ އެމްޑީގެ މަޤާމަށް ޢައްޔަން ކުރެއްވީ ހ.ސްވޯޑް މުހައްމަދު ރާއިދެވެ.
އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓުއަރިޒަމާ ގުޅޭ މަޝްރޫޢުތައް ހިންގުމަށް ނިމިދިޔަ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނިތަކުގެ ބޯޑަށް ޢައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަމަވެސް އެ މަޤާމްތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.
ރައީސް ޞާލިހް ބޮޑެތި ކުންފުނިތަކަށް އެމްޑީން ޢައްޔަން ކުރެއްވި ނަމަވެސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އެމްޑީއަކަށް ބޭފުޅަކު ޢައްޔަން ކުރައްވާފައެއް ނުވެއެވެ.