ވިޔަފާރި

މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރއަކަށް އިސްމާޢިލް ފައުޒީ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރގެ މަޤާމަށް އިސްމާޢީލް ފައުޒީ ހަމަޖައްސައިފިއެވެ.

ފައުޒީއަކީ މިފްކޯގެ އިސް މަޤާމްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ފައުޒީ އައްޔަން ކުރިކަން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރުވަނީ ޕީއެސްއެމްނިއުސްއަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިފްކޯއަކީ 2016ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ.