ސިއްހަތު

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އެއް ތިއޭޓަރުގެ މަސައްކަތް ނިމިއްޖެ


އައްޑޫ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ލެވެލަށް ބަދަލު ކުރުމަށްޓަކާ އެތަނުގައި އަލަށް ހަދާ ދެ ތިއޭޓަރުގެ ތެރެއިން އެއް ތިއޭޓަރު މިހާރު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ، އަނެއް ތިއޭޓަރުވެސް އަންނަ މަހުގެ މެދެއްހާ ހިސާބުގައި ނިމި ދެ ތިއޭޓަރުގެ ޚިދުމަތްވެސް ދޭން ފަށާނެ ކަމަށެވެ. އަދި ތިއޭޓަރު ނިމެންވާއިރަށް އެތަނަށް ބޭނުންވާ އިކްވިޕްމަންޓްތައް ހޯދުމަށް އެސްޓީއޯ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.މީގެ އިތުރުން އައްޑޫ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ލެވެލަށް ބަދަލުވުމާއެކު އެމްބިއުލާސް ވެސް އިތުރު ވެގެންދާނެކަމަށް ގާސިމްގެ ވިދާޅުވިއެވެ. އަދި އައްޑޫގައި އަލަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޑިޒައިނިންގ މަސައްކަތް ނިމުމާއެކު ސައިޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.