ކުޅިވަރު

އައްޑޫސިޓީ ފޭދޫގައި މިކްސް ވޮލީބޯލް މުބާރާތެއް ފަށައިފި


އައްޑޫސިޓީ ފޭދޫގައި ޖޯލިއަންސްގެ ނަމުގައި މިކްސް ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ. ފޭދޫގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އައްޑޫސިޓީ ފޭދޫ ކައުންސިލަ އަލީ ފަހުމީއެވެ
.
މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައަށް މީހުން ހޭލުންތެރި ކުރުމާއި އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ. ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ އެއްވަނައަށް ދާ ޓީމަކަށް ފަސްހާސް ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތް އިންތިޒާމްކުރާ ޖޯލިއަންސް އަކީ ފޭދޫގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް އުފައްދާފައިވާ ކުލަބެކެވެ.