ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން އިޤްތިޞާދީ ކޮމިޓީއެއް އުފައްދައިފި


އައްޑޫސިޓީ ކައުންސިލުން އިޤްތިޞާދީ ކޮމިޓީއެއް އުފައްދައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އުފައްދާފައިވާ މި ކޮމިޓީއަކީ އައްޑޫސިޓީ އިޤްތިޞާދީގޮތުން ކުރިއެރުވޭނެ ގޮތްތައް ހޯދައި، މިކަމުގައި ކައުންސިލުން ކުރެވެންހުރި ކަންކަން ބަލައި ދިރާސާކުރުންކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އެކައުންސިލުން އަލަށް އުފެއްދި މި ކޮމިޓީއަކީ އައްޑޫސިޓީގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒް ކުރުމަށް މަގުތަނަވަސް ކުރުމަށް އުފެއްދި ކޮމިޓީއެއްކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި ކޮމިޓީ އެކުލެވިގެންވަނީ އެ ކައުންސިލްގެ ތިން މެންބަރުންގެ މައްޗަށެވެ. ކައުންސިލްގެ 3 މެންބަރުންގެ އިތުރުން އަވަށު އޮފީހުގެ އިސްވެރިންނާއި، ކައުންސިލްގެ ބައެއް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 މެންބަރުން މި ކޮމިޓީގައި ހިމެނެއެވެ.