ޚަބަރު

ޢުމުރުން 5 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ


ހއ.ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކުޑަރަށު ފަސްގަނޑަށް ދަތުރު ގޮސް މޫދަށް އެރި އުޅުނު ޢުމުރުން ފަސް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މިޙާދިސާގައި މަރުވެފައިވަނީ ހދ.ނޮޅިވަރަންފަރު އަޙުމަދު ޝިފާނެވެ. ޝިފާންގެ ހަށިގަނޑު މިވަގުތުވަނީ ހއ.އަތޮޅު ހޮސްޕިޓަލްގައެވެ. އެހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ހާޝިމް ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވިގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝިފާން ވަނީ މަރުވެފައި ކަމަށެވެެ.

ދިއްދޫއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ޝިފާން މަރުވީ މޫދަށްއެރި އުޅެނިކޮން ގެބިގެންނެެވެ. އެކުއްޖާ މޫދުގައި އުޅެނިކޮން އޮއިވަރެއްގައި ޖެހިބޭރަށް ދަމައިގަތީ ކަމަށާ، އެ މަންޒަރު މޫދުގައި ތިބި ބަޔަކަށް ފެނިގެން ނެގިއިރު، ޝިފާންގެ އެއްވެސް ޙަރަކާތެއް ނެތްކަމަށް ދިއްދޫން ވާހަކަ ދެއްކިމީހަކު މަންޒަރުދުށް ބަޔަކާ ޙަވާލާދީ ބުންޏެވެ.