ޚަބަރު

އައްޑޫސިޓީ ކުނިކޮށި ސަރަހައްދުން ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ


އައްޑޫ ސިޓީގެ ކުނިކޮށި ހުންނަ ސަރަހައްދުން ދުއްވަމުން ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 1:05 ގައި ހިނގި މިހާދިސާގައި ރޯވެފައިވަނީ، ގުޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން ލިންކުރޯޑުންދުއްވާފައި ދިޔަ ކާރެއްގައި ކަމަށެވެ.

މި އެކްސިޑެންޓު ހިނގިއިރު އެކާރުގައި ތިންމީހުން ތިއްބި ނަމަވެސް އެއްވެސް މީހަކަށް ކަމެއް ވެފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި ކާރަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އައްޑޫސިޓީ ލިންކް ރޯޑުގެ ގުޅިފައިވާ ފަޅުރަށްތަށް ހިމެނޭ ސަރަހައްދާއި ކުނިކޮށި ހިމެނޭ ސަރަހައްދަކީ މީގެ ކުރިންވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާ ދެ ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.