ސިޔާސީ

މާފަންނުވިލާ ބަލައި ފާސްކުރަންއުޅޭ ވާހަކައަކީ ދޮގެއް - ފުލުހުން


ކޯޓު އަމުރެއްގެދަށުން ފުލުހުން މ. މާފަންނުވިލާ ބަލައި ފާސްކުރަންއުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.މިކަން ދޮގުކޮށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާފަންނުވިލާ ބަލައި ފާސްކުރަންއުޅޭކަމަށްބުނެ ދެކެވެމުންދާ ވާހަކައަކީ އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށެވެ.އަނެއްކޮޅުން ޤާސިމް އިބްރާހިމް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ގެބަލާ ފާސްކުރާ ޚަބަރެއް އޭނާއަށްވެސް ފެނިވަޑައިގަތީ މީޑިއާއިންކަމަށާއި ފުލުހުން ފާސްކުރަން ބޭނުންވާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުންދެއްވަން ހުންނެވިކަމަށެވެ. މީގެއިތުރުން، އިދިކޮޅު އެމްޑީޕީއާއި ގުޅިގެން ޖޭޕީން ކަންތައްތަކެއް ކުރަމުންދާކަމަށް ޚަބަރުފެތުރެމުންދިޔަނަމަވެސް ރަސްމީ އެއްވެސް ސިފައެއްގައި އެމްޑީޕީއާއި މަޝްވަރާތަކެއް ހިގަމުން ނުދާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.