ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް އަޙްމަދު ސަޢީދު


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ގދ. ވާދޫ މައިފޫނާ އަޙްމަދު ސަޢީދު މުޙައްމަދު ހަމަޖައްސައިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އެމްޑީއަކަށް ކުރިން ހުންނެވީ މުހައްމަދު ލައްމާނުއެވެ. އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ކުރިން އިސްތިއުފާދެއްވަފައެވެ.

ސަރުކާރު ގިނަ ކުންފުނިތަކަށް ބޯޑަށް މެންބަރުން ސަރުކާރުން އަންނަނީ ހަމަޖައްސަމުން އަންނައިރު އަދިވެސް ބައެއް ބޯޑުތަކަށް މެމްބަރުން އައްޔަންކުރައްވާފައެއް ނުވެއެވެ.