ސިޔާސީ

ޤާނޫނު އަސާސީ ހިމާޔަތް ކުރާ ވާހަކައަށް އަދީބުގެ ފާޑުވިދާޅުވުން


ގާނޫން އަސާސީ ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމްޑީޕީގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅަށް ޕީޕީއެމްގެ ނާއިބު ރައީސް އދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ސްރީލަންކާ ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅަކަށްފަހު މާލެވަޑައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އިޖާބަދޭ ޕާޓީތަކާއެކު މަޝްވަރާކުރަން އެމްޑީޕީން ބޭނުންވާކަމަށެވެ.ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވީ، ގާނޫނު އަސާސީގެ ހިމާޔަތުގައި ބަޔަކު މަސައްކަތްކުރާ ވާހަކަ ދައްކާއިރު، އެ ފަރާތްތަކަކީ ވެރިކަމުގައިތިބެ، ގާނޫނު އަސާސީ ވީދާލަން މަސައްކަތް ކޮށްފައިވާ ބައެއް ކަމަށެވެ.