ޚަބަރު

ޕެންޝަން އޮފީހުން އަސްކަރީ ކަންކަމާ ގުޅޭ މެސެޖެއް ނުފޮނުވާ


ޕެންޝަން އޮފީހުގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސް ތަކަކީ އެއޮފީހުގެ ފަރާތުން ފޮނުވަމުންދާ މެސެޖުތަކެއް ނޫންކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން ބުނީ އެ އޮފީހުގެ ނަމުގައި ރާއްޖޭގެ އަސްކަރީ ކަންކަމާގުޅޭގޮތުން އެކި ނަންބަރުތަކަށް ފޮނުވަމުންދާ އެސްއެމްއެސްތަކަކީ އެ އޮފީހާ ގުޅުންހުރި މެސެޖްތަކެއް ނޫންކަމަށެވެ. އިއްޔެގެ އެކި ވަގުތުތަކުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސް، އެމްޕީއޭއޯގެ ނަމުގައި އެކި ނަންބަރުތަކަށް ފޮނުވާފައިވާ މެސެޖުގައި ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމަށް ދިވެހިން ދެކޮޅުކަމަށްބުނެ، އެކަމާ ދެކޮޅަށް ދިވެހިން ތެދުވުމަށް ގޮވާލާފައިވެއެވެ.

ޕެންޝަން އޮފީހުން ބުނީ މިމައްސަލަ ކަމާބަހޭ ފަރާތްތަކަށް ހުށަހަޅައި ބަލަމުންދާކަމަށެވެ.