ޚަބަރު

ންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް ޔުނިޓީގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެވަޑައިގެންފި


"އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް ޔުނިޓީ: ދަ ޕެރިލްސް އޮފް ލޭބަލިންގ އެންޑް އެކްސްކްލޫޝަން" ގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.

ދެދުވަހުގެ މުއްދަތަށް މައްކާގައި ކުރިއަށްދާ މި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި ދެ ޙަރަމްފުޅުގެ ވެރިޔާ، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ބެއްލެވުމުގެ ދަށުން، މުސްލިމް ވޯލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

މިއަދު ފެށި މިކޮންފަރެންސްގައި 127 ޤައުމުން 1200 ފަރާތް ބައިވެރިވެއެވެ. މީގެ ތެރޭގައި
މުފްތީންނާއި، މިނިސްޓަރުންނާއި، ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުން ހިމެނެއެވެ.

މިކޮންފަރެންސް ގައި ކީނޯޓު ސްޕީޗް ދެއްވުމަށް ހަމަޖެހިފައިވާ ޢިލްމުވެރިންގެ ތެރޭގައޮ، މިޞްރުގެ މުފްތީ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. ޝައުކީ އިބްރާހީމް އައްލާމް އާއި، ލުބްނާނުގެ މުފްތީ އައްޝައިޚް އަބްދުއް ލަތީފް ދަރްޔާން އާއި، މަސްޖިދުލް ޙަރަމްގެ އިމާމް އައްޝައިޚް އަބްދުއް ރަޙްމާން އަލްސުދައިސް، އާއި އައްޝައިޚް ޔޫސުފް އެސްޓެސް ފަދަ ޢިލްމުވެރިން ހިމެނެއެވެ.